Wednesday, April 21, 2010

އިސްލާމްކަމާއި ހެއްދެވިފަރާތުގެ ގުޅުން.


އިސްލާމްކަމާއި ހެއްދެވިފަރާތުގެ ގުޅުން.
"އިސްލާމް" ހަމަކަށަވަރުން މިނަމަކީﷲޠައާލާ އެކަލާނގެ ރުހިވޮޑިގެންފައިވާ އެކަލާނގެ ދީނަށް އިޙްތިޔާރު ކުރައްވާފައިވާ ހަމައެކަނިނަމެވެ. މިނަމަކީ އެއްވެސް ބޭފުޅަކު ދެބަސްވެވަޑައި ނުގަންނަވާނޭ ފަދައިން އިންސާނަކުއުފައްދަވާފައިވާ ނުވަތަހަމަޖައްސަވާފައިވާނަމެއް ނޫނެވެ. ﷲ ދެއްވާފައިވާނަމެކެވެ. އެކަލާނގެ ވަޙީކުރައްވަނީ:
{وَجَاهِدُوا فِي اللَّهِ حَقَّ جِهَادِهِ هُوَ اجْتَبَاكُمْ وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ مِّلَّةَ أَبِيكُمْ إِبْرَاهِيمَ هُوَ سَمَّاكُمُ الْمُسْلِمينَ مِن قَبْلُ وَفِي هَذَا لِيَكُونَ الرَّسُولُ شَهِيداً عَلَيْكُمْ وَتَكُونُوا شُهَدَاء عَلَى النَّاسِ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَاعْتَصِمُوا بِاللَّهِ هُوَ مَوْلَاكُمْ فَنِعْمَ الْمَوْلَى وَنِعْمَ النَّصِيرُ }الحج:78
މާނައީ: "ތިޔަބައިމީހުން ﷲއަށްޓަކައި ޙައްޤުގޮތުގައި ޖިހާދުކުރާށެވެ، އެކަލާނގެ ތިޔަބައިމީހުން އިޚްތިޔާރުކުރައްވައި އަދި ދީނުގައިތިޔަބައިމީހުންނަށްޓަކައިއެއްވެސް އުނދގޫކަމެއް ނުލައްވައެވެ. ތިޔަބައިމީހުންގެ ބައްޕަކަމުގައިވާ އިބްރާހީމްގެ ފާނުގެ މިއްލަތްވަނީވެސް އެފަދައިންނެވެ.އެކަލާނގެ އީ އިސްވެ ގޮސްފައިވާފޮތްތަކުގައިވެސް އަދި މިފޮތުގައިވެސް ތިޔަބައިމީހުންނަށް މުސްލިމުންގެ ނަމުން ނަންދީފައިވާ ކަލާނގެއެވެ. އެއީ ރަސޫލާ ތިޔަބައިމީހުންގެ މައްޗަށް ހެކިވުމަށާއި، އަދިތިޔަބައިމީހުން މީސްތަކުންގެ މައްޗަށް ހެކިވުމަށެވެ. ފަހެ ތިޔަބައިމީހުން ނަމާދުޤާއިމްކޮށް ޒަކާތްދީ އަދި ﷲގެ މަގަށް ރުޖޫޢަވެ އެކަލާނގެ ޙަޞްރަތުން ރައްކާތެރި ކަމަށް އެދިގެންވާށެވެ، އެކަލާނގެއީ ތިޔަބައި މީހުންނަށް އެހީތެރިވެ ވާގިވެވޮޑިގަންނަވާ އިލާހެވެ. ފަހެވާގިވެވޮޑިގަންނަވާ އެހީތެރިވަންތަ މަތިވެރި އިލާހުގެ ގެމޮޅުކަމާއެވެ".
 "އިސްލާމް" މިނަމުގެ މާނައަކީ ބޯލަނބައި ކިޔަމަންވުމެވެ. މިފަދައިން ﷲޠަޢާލާއަށް ކިޔަންވެ އެކަލާނގެއަށްޓަކައި ޖާނާއި މާލާއި ފުރާނައި ންޤުރުބާންވުމަށް ތައްޔާރަށް ތިބޭއެކަލާނގެ އަޅުންނަށް ކިޔަނީ މުއުމިނުންނެވެ. އެކަން މަތީގައި ބަޔާންކުރެވުނު އާޔަތުންވެސް ސާބިތުވެއެވެ. ކޮންމެމުއުމިނަކީ މުސްލިމެކެވެ. ނަމަވެސް ކޮންމެމުސްލިމަކީ މުއުމިނެއްނޫނެވެ. އެހެނީ މިތަފާތަކީ އީމާންކަމުގެ ނިޞްބަތުން ޙާސިލްކުރެވޭ ދަރަޖައެކެވެ.

No comments:

Post a Comment